…އެހެން ނޫންނަމަ PART FOURTEEN ” ލުބްތަ ތީނދީ ރުޅިއައިސްފަތަ؟’ މޫމިނާ މަޑުމަޑުން އަހާލިއެވެ. އެއިރު ލުބްނާ ސޯފާގައި އިށީނދެގެން ޚަބަރު ބަލަނީއެވެ. މޫމިނާވެސް ލެޕްޓޮޕް ހުޅުވައިގެން ފިލާވަޅުތައް ހަދަން މަސައްކަތްކުރަމުން ދިޔައެވެ. އެހެންނަމަވެސް ލުބްނާ ހިތްހަމަނުޖެހިފައި އިންހެން ހީވާވަރުން އޭނާއަށް އެއްވެސް ކަމަކާ ސަމާލުކަން ދެވޭވަރެއް ނޫނެވެ. “ނޫން… ކީއްވެ ރުޅިއަންނަންވީ؟’ ‘އެއީ ސައިފްބެ ކައިރީގައި ލުބްތަ އިންނާނީ ޓޯލް ޑާރކް…”” މޫމިނާއަށްވެސް ހީވޭތަ އަހަރެން މީހަކާ އިންނަން ވެއްޖެއޭ؟” ކުއްލިއަކަށް ލުބްނާ އަހާލިއެވެ. ”…
…އެހެން ނޫންނަމަ PART THIRTEEN މާލެގެ މަގުތައް މަތިން އާވިއަރަމުން ދިޔައެވެ. އާދަޔާ ޚިލާފަށް ހޫނުވަމުން ދިޔަ އެމާއަހުލުގައި އުޅުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ. އެއްކޮޅުން ކުޑަދޮރުތައް ހުޅުވާލައިގެން ވައިވައްދަން ބޭނުންވިޔަސް ތޮއްޖެހިފައިވާ އިމާރާތްތަކުގެ ސަބަބުން އުފެދޭ އުދާސްވެސް އެހާ ބޮޑެވެ. އެ ހޫނު ދުވަސްކޮޅު އައުމުން ބަރު ދޮރުފޮތިތައް ބަދަލުކޮށް މޫސުމާއި ގުޅޭގޮތުން އެއްޗެހި ބަދަލުކުރުމުގެ ޚިޔާލު ލުބްނާއަށް ކުރެވުނެވެ. އެހެންކަމުން މޫމިނާއާއި އެކީގައި އެދުވަހު ގޭތެރެ ފޮޅާސާފުކުރުމުގައި ހޭދަކުރަމުން ދިޔައެވެ. ނަމަވެސް ހީވާ…
…އެހެން ނޫންނަމަ PART TWELVE ސައިފް ކޮންމެ ދުވަހަކަ އޮފީހަކަށް ނުދެއެވެ. އެހެންނަމަވެސް އޮފީހުގައި ކަންތައް ވާނުވާ ބަލަމުން ގެނދެއެވެ. އޭނާ ޒިންމާދާރުކުރުވަން ހުސްނާ ބޭނުންވާވަރު އޭނާއަށްވެސް އެނގެއެވެ. އެހެންކަމުން އޮފީހުގެ ޕްރޮޖެޓްތަކަށް ކުރިއަށްދާގޮތްބަލަން ސްޓާފް މީޓިންގ ތަކަށް ގަވައިދުން އޭނާ ދެއެވެ. ސައިފް އޮފީހަށް ދާދުވަހެއްނަމަ ރަޝާދު އޮފީހުން ބޭރަށް ދެއެވެ. ކަންވާނީވެސް އެހެންކަން ސައިފަށް އެނގެއެވެ. އެހެނީ އެއޮފީހުގައި ޕްރައިވެޓް ކެބިންއެއް ހުންނަނީ ހަމައެކަނި ފައިނޭންސް ހެޑާއި ރަޝާދުގެ އެކަންޏެވެ. އެހެންކަމުން ސައިފް…
…އެހެން ނޫންނަމަ PART ELEVEN އެންމެން މަޖާކުރަނީއެވެ. މޫދަށް އެރި ސަކަރާތް ޖަހަނީއެވެ. ޒުވާނުންތައް މޫދުކުޅިވަރު ކުޅެމުންދާއިރު ކުޑަކުދިން ގޮނޑުދޮށުގައި ވެއްޔާއި ކުޅެނީއެވެ. ހުސްނާއާއި އޭނާގެ އެކުވެރިން ދުރުގައި އުފާވެރިކަމާއެކު ކުޅިބަލަމުން ގެންދިޔައެވެ. އެމީހުން ތެރޭގައި އިންނަން ލުބްނާއަކަށް މާފަސޭހައެއްނޫނެވެ. ނަމަވެސް ދެން މޫދުގައި މަޖާނަގަމުންދާ ގުރޫޕަކާއި ބައިވެރިވުމުގެ ޚިޔާލެއްވެސް އެނާ ނުކުރެއެވެ. އޭނާ މިހެން އިންދައި އިރުއިރު ކޮޅާ މޫމިނާ އެތަނަށް އަައިސް ލުބްނާއާއި ބައިވެރި ވެލައެވެ. ނަމަވެސް ކުޅުމާއި ސަކަރާތުގައި ޖެހި އިރުކޮޅަކުން…
…އެހެން ނޫންނަމަ PART TEN “މީހަކާ އިންނަނީޔޭ… އަސްލުވެސް!؟” ސައިފް ހައިރާން ވެފައި ބަލަން އިނެވެ. “އާނ… ކިހިނެއްވީ؟” ނެޑް ހިނިތުންވެލިއެވެ. އެދެމީހުން ތިބީ އާދައިގެ މަތިން ކޮފީ ބޯށެވެ. ނެޑާއިއެކު މާގިނަ ވަގުތު ހޭދަކުރަން ސައިފް ޖެހިލުންވެއެވެ. އެހެންނަމަވެސް އޭނާގެ ރައްޓެހި ރަހުމަތްތެރިންގެ ތެރެއިން އެންމެ ފަސޭހައިން ބައްދަލުވާމީހަކީ ނެޑް ކަމަށްވާތީ އާންމުކޮށް ކޮފީއަށް ގޮސް ހަދަނީ އޭނާއާއި އެކުއެވެ. “ކާކާ އިންނަނީ؟ ” ސައިފް މިހިން ބުނުމުން ނެޑް ހައިރާންވިއެވެ. “އަޖައިބެއްނު… އަޒޫ…
…އެހެން ނޫންނަމަ PART NINE ހުސްނާމެން މާލެ އަތުވެއްޖެއެވެ. ލުބްނާވެސް އެނބުރި އޭނާގެ އަމިއްލަ ގެއަށް ހިނގައްޖެއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ސައިފްވެސް އޮފީހަށް ދިޔުން މަދުކޮށްލައިިފިއެވެ. ކުރީގެ ރައްޓެހި ރަހުމަތްތެރިންނާއިއެކު ބޭރުތެރޭގައި ވަގުތު ހޭދަކުރަން ފަށައިފިއެވެ. މަޑުމަޑުން މާލޭގެ ދިރިއުޅުމަށް ހޭނެން ފަށައިފިއެވެ. ސައިފާއި ނެޑްގެ ގުޅުންވެސް ހިސާބަކަށް ފިނިކޮށް އޮތުމަށްފަހު ކޮންމެވެސް ވަރަކަށް ހަމަޖެހެން ފަށައިފިއެވެ. ދިރިއުޅުން އެއް ތަތްގަނޑަކަށް ބައްޓަންވާން ފަށައިފިއެވެ. މިކަންތަކަށް ހުއްޓުން އެރީ ހުސްނާއަށް މިނީ ސްޓްރޯކެއް ޖެހުމުންނެވެ. ކޮންމެ…
…އެހެން ނޫންނަމަ PART EIGHT ހުސްނާ ފޯނު ބޭއްވުމަށްފަހު ބަލާލިއިރު ރަޝާދު ކޮޓަރިއަށް ވަންނަނީއެވެ. އޭނާ އައިގޮތަށް އައިސް ހުސްނާ ކައިރީގައި އޮށޯވެލުމައްފަހު ސުވާލުގެ ނަޒަރަކުން ބަލާލިއެވެ. ” މިހާރު އެނގިއްޖެތަ ވީގޮތް؟ ” ހީލާފައި ހުސްނާ އަހާލުމުން ރަޝާދު ބޯހޫރާލިއެވެ. ” ލުބްނާ ބުނެގެން ސައިފް އޮފީހަށް ދިޔައީ.” ” އެހެންތަ!” ރަޝާދު ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިޖެއެވެ. ” ކިހާ ރަނގަޅުވާނެ އެދެކުދިން އެއްގަލަކަށް އަރައިފިއްޔާ. އަހަރެން ބޭނުންވަނީ އެދެމީހުން ހަމަޖެހިގެން އުޅޭ…
…އެހެން ނޫންނަމަ PART SEVEN ގޮނޑުދޮށުގައި އެލުވާފައިހުރި ޖޯއްޔެއްގައި އޮށޯވެލައިގެން ހުސްނާ އޮތެވެ. ކަނޑުން އަރައިގެން އަންނަ ވައިރޯޅި ޖެހިލުމުން އޭނާގެ ތުންފަތްމައްޗަށް ހިނިތުން ވެލުމެއް ގެނެސްދެއެވެ. އެހެން އިންދައި މީހެއްގެ ހިލަމެއް ވެގެން ބަލައިލިއިރު ރަޝާދު ޖެހިގެން ހުރިޖޯލީގައި އިށީންނަނީއެވެ. ރަޝާދު ފޯނުކަންފަތުގައި ޖަހައިގެން ވާހަކަ ދައްކަމުން ދިޔައެވެ. އަދި ދެވަނަ ހިނދުކޮޅުގައި އޭނާ އަތްދިއްކޮށްލުމަށްފަހު ހުސްނާގެ އަތުގައި ހިފާލިއެވެ. ހުސްނާވެސް ކުޑަކޮށް ލަދުން އިނދެ ރަޝާދުގެ އަތުގައި ހިފާފިލާލުމަށްފަހު އަވަސްއަވަހަށް އަތުން ދޫކޮށްލާފައި…
…އެހެން ނޫންނަމަ PART SIX ބައެއް ފަންނުވެރިންނަކީ މާބޮޑު އުނދަގުލެއް ނެތި އެމީހުންގެ ފަންނުވެރިކަން ދައްކާ މީހުންނެވެ. އަނެއްބައި މީހުންނަކީ ގިނައިރުވަންދެން ވިސްނުމުންވެސް ރަނގަޅު ޚިޔާލު ނާންނަ މީހުންނެވެ. އައު ގޮތަކަށް ޚިޔާލު ގެނައުމާއި އައު ވިސްނުމެއް ބައްޓަން ކުރުމަކީ ވަރަށް ބުރަ މަސައްކަތަކަށް ވެގެންދެއެވެ. އާންމު ގޮތެއްގައި ސައިފްގެ ކުރެހުމަކީވެސް ހަމަ މިފަދައިން ވަރަށް ސިކުނޑި ގާނައިގެން ނޫނީ ކުރެވޭ ކަމެއް ނޫނެވެ. އަދި އަމުދުން ކެންޔާގެ ދަތުރު ނިންމާލި ފަހުން އޭނާގެ ޚިޔާލުތައް…
…އެހެން ނޫންނަމަ PART FIVE ” ސައިފް “ ” ސައިފް “ ” ނިކަން ހޭލަބަލަ!” އޭނަ ކުއްލިއަކަށް ފިނިވެގެން ދިޔައެވެ. ނަމަވެސް ނިދީގެ މީރުކަން ދޫކޮށްލާކަށް އޭނާ ބޭނުމެއްނުވިއެވެ. އޭނާ އަނެއްފަރާތަށް ފުރޮޅިލަމުން އެއަޑުތަކާއި ދުރުވާންވެގެން ރަޖާގަނޑު ބޮލާލާ އޮޅާލިއެވެ. އެތައް އިރެއް ވެއްޖެއެވެ. އިރުގެ ރަން ދޯދިތައް ދޮރުފޮތިގަނޑުގެ ދޭތެރެއިން ފުރޭނިގެން އައިސް ސައިފްގެ މޫނުމައްޗަށް އެޅިފައިވެއެވެ. ބައެއްފަހަރު އުނދަގޫވެގެން އޭނާ މޫނު ހަދާލައެވެ. އެހެންނަމަވެސް އޭނާގެ ނިންޖަކަށް އޭގެ އެއްވެސް އަސަރެއް…